ކުޅިވަރު

ނަޕޯލީއާއި ޔުވެންޓަސް އެއްވަރު


އިޓާލިއަން ސެރީއޭގައި ރޭ ނަޕޯލީއާ ޔުވެންޓަސްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު  މެޗް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖެހީ ޔުވެންޓަސްއިންނެވެ. މި ލަނޑު 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަމީ ކެދީރާއެވެ. ދެވަނަ ހާފްގައި ނަޕޯލީއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މަރެކް ހަމްސިކްއެވެ. 

މި މެޗުން ލިބުނު ޕޮއިންޓާއެކު ޔުވެންޓަސް ތާވަލްގެ އެއްވަނާގައި އޮތީ 74 ޕޮއިންޓާއެކުއެވެ. ނަޕޯލީ ތާވަލްގެ ތިން ވަނާގައި އޮތީ 64 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނާގައި އޮތީ 68 ޕޮއިންޓާއެކު ރޯމާއެވެ.