ވިޔަފާރި

ޑްރައިޕަރސް ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި


އޭޑީކޭ ޖެނެރަލް ޓްރޭޑްއިން ކުރިއަށްގެންދިޔަ "ޑްރައިޕަރސް މެގަރ ޕެކް" ޕްރޮމޯޝަންގެ ނަސީބު ވެރިންނާއި އިނާމް ހަވާލުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައިވާ މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް، ފަރުނީޗަރަކާއި އެކު އެޕާޓްމެންޓެކެވެ. ދެވަނައަށް ހޮވުނު ފަރާތަށް ދީފައިވަނީ ވެސްޕާ ސައިކަލެކެވެ. ތިންވަނައަށް ހޮވުނު ފަރާތަކަށް ދީފައިވަނީ އެއް އަހަރު ދުވަހަށް ތުއްތު ކުއްޖަކަށް ބޭނުން ކުރެވޭ ވަރަށް ޑްރައިޕަރސް ނެޕީއެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމް ލިބުނީ ތ.ވިލުފުށި ކެޔޮގަސްދޮށުގެ، އާދަމް ނަސީހަށެވެ. ދެވަނަ އިނާމް ލިބުނީ މ.މުލަކު، ޒަމާނީ ހައުސް ނާދިރާ އިބްރާހީމަށެވެ. ތިންވަނަ އިނާމް ލިބުނީ ކ.މާލެ ވަނޮޅު، ހޫދު އިބްރާހީމަށެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން އޭޑީކޭ ޖެނަރަލް ޓްރޭޑުގެ މަރކެޓިންގ މެނޭޖަރ މުޙައްމަދު ޖިނާހު ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ޕްރޮމޯޝަނެއް ކަމަށާ، މި ޕްރޮމާޝަނަށް އަގުހުރި އިނާމް ކަނޑައެޅުމަށް އެ ކުންފުނިން ޚާއްސަ އިސްކަމެއް ދީފައިވާނެކަމަށެވެ. 

އޭޑީކޭ ޖެނެރަލް ޓްރޭޑުން އަންނަނީ ތަފާތު އެކި ބްރޭންޑުތަކުގެ މުދާ ރާއްޖޭގެ ބާޒާރުގައި ވިއްކަމުންނެވެ. އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ކ.މާފުށީގައިވެސް އެކުންފުނީގެ ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑުން ބުނެއެވެ.