ވިޔަފާރި

އެމް.އައި.ބީގެ އިތުރު %10 ޙިއްސާ ސަރުކާރުން ގަނެފި


މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައި ޙިއްސާދާރު "އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ" (އައި.ސީ.ޑީ)ގެ ޙިއްސާގެ ތެރެއިން %10 ޙިއްސާ ގަތުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރުއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމް.އައި.ބީ)ގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ ހާރިސް ހާރޫނެވެ.

img:http://s1.psmnews.mv/images/660x400/14911463940726.jpg|އިސްލާމިކް ބެންކުގެ 10 ޕަސަންޓް ހިއްސާ ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފިނޭންސް މިނިސްޓަރ

އެމް.އައި.ބީ އުފެދުނުއިރު އެ ބޭންކްގައި އޮތީ ސަރުކާރުގެ %15 ޙިއްސާ އާއި އައި.ސީ.ޑީ ގެ %85 ޙިއްސާއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެމް.އައި.ބީ ގައި އޮންނަ އައި.ސީ.ޑީ ގެ ޙިއްސާގެ ތެރެއިން %10 ޙިއްސާ ވިއްކާލަން އެފަރާތުން ބޭނުންވުމާއި ގުޅިގެން، މި ޙިއްސާ ގަތުމަށް ނިންމެވީ، އެމް.އައި.ބީއަކީ ފުޅާވެ، ކުރިއަރަމުންދާ ބޭންކަކަށް ވާތީކަމަށެވެ.

މި އެއްބަސްވުމާއި އެކު އެމް.އައި.ބީ ގައި އޮންނަ ސަރުކާރުގެ ހިއްސާގެ ޖުމުލަ ޢަދަދު %15 އިތުރުވާނެއެވެ. އިސްލާމިކް ފައިނޭންސް ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.