ޚަބަރު

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި


ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެމައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއްކަމަށާއި، އޭނާ ވަނީ އެކި ދުވަސްމަތިން އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ފުލުހުން ތުހުމަތުކުރައްވައެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަދުވަހުކަމަށް ފުލުހުން ހާމަކުރައްވައެވެ.  

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ތަހްޤީގުކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުންކަމަށް ޕޮލިހުން ވިދާޅުވެއެވެ.