ޚަބަރު

ބިދޭސީ މިހާ ގަސްދުގައި މަރާލިކަމަށް ބެލެވޭ- ފުލުހުން


ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފޮނަދޫން ފެނުނު ބިދޭސީ މީހާ ގަސްދުގައި މަރާލާފައިވާކަމަށް ބެލެވޭކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ތިން ބިދޭސީންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައިގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

މަރުވެފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ އިއްޔެގެ ވަގުތެއްގައި ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ދެ ދުވަސް ފަހުންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމީހާ ފެނިފައިވަނީ ފޮނަދޫގައި ހުރި ގަސްތަކެއްގެ ތެރޭގައި އޮއްވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.