ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓަށް 7 މިލިއަން ރުފިޔާ


މިއަހަރަށް އެތްލެޓިކްސް އެސޯސިއޭޝަނުން ހަތް މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. 

އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާގައި ފާސްކުރި ބަޖެޓްގައި ޤައުމީ ޓީމުގެ ކަންކަމަށް 1 މިލިއަން ރުފިޔާ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކަށް 2.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެހެން މުބާރާތްތަކަށް ހިމަނާފައިވަނީ 1.5 މިލިއަން ރުފިޔާއެވެ. ޔޫތް ޑެވެލޮޕްމަންޓް ޕްރޮގްރާމްތަކަށް 6 މިލިއަން ރުފިޔާ އަދި މުސާރައަށް ވަނީ 5 ލައްކަ ރުފިޔާ ކަނޑައަޅާފައެވެ. 

އެތްލެޓިކްސް އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި މިއަހަރު ބައިނަލްއަޤްވާމީ 5 މުބާރާތެއްގައި ރާއްޖޭގެ އެތްލީޓުން ވާދަކުރާނެއެވެ. އެއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، ކެންޔާގައި އޮންނަ ވޯލްޑް ޔޫތް ޗެންޕިއަންޝިޕް، ތައިލެންޑްގައި އޮންނަ އޭޝިއަން ޔޫތް ޗެންޕިއަންޝިޕް، އިންޑިޔާގައި ބާއްވާ އޭޝިއަން އެތްލެޓިކްސް ޗެންޕިއަންޝިޕް އަދި ލަންޑަންގައި އޮންނަ ވޯލްޑް ޗެންޕިއަންޝިޕެވެ.