ވިޔަފާރި

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް އަނަން މަހު ގެންނަނީ


މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތަށް ފުޅާކުރުމަށްޓަކައި މޫދަށް ޖައްސާ އިތުރު ބޯޓެއް އަންނަމަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އަލަށް ގެނައުމަށް ހަމަޖެހިފައިވާ ބޯޓާއެކު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދު 10 އަކަށް އިތުރުވާނެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ މޯލްޑިވިއަން ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ 4 ރިސޯޓަކަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް މިހާރުވެސް ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި އިތުރު 3 ރިސޯޓަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި ޚިދުމަތް މިހާރު ދެމުން އަންނަނީ ހަމައެކަނި ރިސޯޓުތަކަށެވެ. ނަމަވެސް ކުރިމަގުގައި މީހުން ދިރިއުޅޭ ރަށްރަށަށްވެސް ސީ ޕްލޭންގެ ޚިދުމަތް ދޭން ފެށުމަށް އެކަމާ ގުޅޭ ދިރާސާތައް އައިލެންޑު އޭވިއޭޝަނުން އަންނަނީ ކުރަމުންނެވެ.