ޚަބަރު

ވ. ދަންމާނު ގޭގައި އަލިފާން ރޯވުމުން އެހީތެރިވާން ފަށައިފި


ވ. ދަންމާނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

މިގޮތުން ޤައުމީ ދިފާޢީ ބާރު އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން މޯލްޑިވިއަން ރެޑްކްރެސެންޓުގެ ބޭފުޅުން ވަނީ ހާދިސާ ހިނގައިގެން އުޅުނު ސަރަޙައްދަށް ގޮސް ދަންމާނު ގޭގެ އިތުރުން އެގެއާއި އިންވެގެންވާ ގެތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަގުތުން ފައްޓަވާފައެވެ. މިގޮތުން އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް ވިލިނގިލީ މުޙްޔުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރައްވާފައިވާއިރު، އެމީހުނަށް މިހިނދުން މިހިނދަށް ބޭނުންވާނެ ކަންކަން ހަމަޖައްސައިދިނުމަށް ވަގުތުން ހަރަކާތްތެރިވާން ފައްޓަވާފައެވެ. tw:https://twitter.com/MRC_MLE/status/845405630269677575

މިހާދިސާއާއި ގުޅިގެން މޯލްޑިވިއަން ރެޑްކްރެސެންޓުގެ ފަރާތުން ވަނީ އެހީފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަށް އެ ޖަމްޢިއްޔާގެ ދަރުމަވެރިންނަށް މިކަމުގައި އެހީތެރިވުމަށް އައުމަށް ގޮވާލާފައެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ވަގުތުން އެސަރަޙައްދަށް ފޮނުވި ފަސް ދަރުމަވެރިންގެ ޓީމްގައި ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް ތަމްރީނުވެފައިވާ ދަރުމަވެރިން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަރަކާތްތެރިވާން ފަށާފައިވާއިރު އެބޭފުޅުން ވަނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ވަރަށް ތައްޔާރުވެފައެވެ.