ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރުމަށް 2 ގަޑިއިރު


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރެއްވުން 2 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމަވައިފިއެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވާއިރު، ޖަވާބު ދާރީވުމަށް 30 މިނެޓްގެ ވަގުތެއް މަސީޙުއަށް އެރުއްވުމަށްވެސް ފާސްކުރައްވާފައިވެއެވެ. އެއީ ބަހުސް ފަށްޓަވާއިރު 10 މިނެޓް، މެދުތެރެއިން 10 މިނެޓް އަދި ނިންމުމަށް 10 މިނެޓެވެ. ކޮމިޓީން ވަނީ މި މައްސަލައަށް ބަހުސް ކުރިއަށް ގެންދަވާއިރު، ބިލްތަކަށް ބަހުސްކުރުމަށް ވަގުތު ދޭ އުސޫލުން މެމްބަރުންނަށާއި ޕާޓީތަކަށްވެސް ވަގުތު ދިނުމަށް ނިންމަވާފައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަ ތާވަލްކުރައްވާފައިވަނީ އަންނަ ހޯމަދުވަހުގެ ޖަލްސާއަށެވެ.