ކުޅިވަރު

ކްލަބް މޯލްޑިވްސް ސްޕޮންސަރ ދިރާގާއެކު ސޮއިކޮށްފި


ކްލަބް މޯލްޑިވްސް ކަޕް ފުޓްސެލް މުބާރާތުގެ އެއް  މެއިން ސްޕޮންސަރ ކަމަށްވާ ދިރާގާއެކު ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ދިރާގުގެ މައި އޮފީހުގައި އޮތް ސޮއިކުރުމުގެ މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް މާރކެޓިންގ އޮފިސަރ އިސަބެއްލާ ހަޖްރީއާ މެނޭޖަރ މާރކެޓިން ކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ހަސަންއެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރެޝަރާ އަބުދުއް ރަޝީދު އަލީއާ، ސްޕޯޓްސް ކޯޑިނޭޓަރ އިސްމާއިލް ސުވައިދުއެވެ.

 މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ހަތަރު ފަރާތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިއަދު ސޮއިކުރި ދިރާގުގެ އިތުރުން ދެން ހިމެނެނީ އެމް.ޑަބްލިޔު.އެސް.ސީއާ، އެލައިޑް އިންޝިއުރެންސް އާއި މައިލޯއެވެ. މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ބައްތިރީސް ޓީމް ބައިވެރިވެފައިވާއިރު އެއިޓީން ތާރޓީ ވިމެންސް ފުޓްސެލް ފިއެސްޓަރގައި ފަނަރަ ޓީމެއް ބައިވެރިވެފައިވެއެވެ. 

މި މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.