ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން މުހައްމަ އާތިފް އިސްތިއުފާ ދީފި


ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން އެ ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) އިސްތިޢުފާ ދީފިއެވެ.

މިއަދު އެފް.އޭ.އެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާތީ ބުނީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން އިސްތިޢުފާ ދިނީ އެ ޓީމުގެ ކުޅުންތެރިންނާ އަދި މެނޭޖްމަންޓާ އެއްވެސް މައްސަލައެއް ޖެހިގެން ނޫންކަމަށާ ޓީމުގައި އެއްވެސް މިސްރާބެއް ނެތި އެއްވެސް ޓާގެޓެއް ނެތި ދަތުރުކުރަމުން ދާކަމަށް އޭނާއަށް ވިސްނޭތީ  މިވަގުތަށް އެންމެ ރަނގަޅު ނިންމުމަކީ އެއީ ކަމަށް ފެންނާތީ އިސްތިޢުފާ ދިނީކަމަށް އާތީ ބުންޏެވެ.

 " ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން އަޅުގަނޑު އިސްތިޢުފާ ދިނީ އެ ޓީމުގެ އެއްވެސް ކުޅުންތެރިއެއް އަދި މެނޭޖްމަންޓުގެ އެއްވެސް ބަޔަކާ މައްސަލައެއް އޮވެގެނެއް ނޫން. އެހެންނަމަވެސް ޓީމު ދަތުރު ކުރާނެ އެއްވެސް މިސްރާބެއް އެއްވެސް ޓާގެޓެއް އޮތް ހެނެއް ހިއެއް ނުވޭ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ މިވަގުތު ޓީމުން ވަކިވުންކަމަށް އަޅުގަނޑަށް ފެންނާތީ އިސްތިޢުފާ ދިނީ" އާތީ ބުންޏެވެ. 

މި ސީޒަންގައި ޔުނައިޓެޑް ވިކްޓްރީ ކުޅުނު ދެ މެޗުން ވަނީ އީގަލްސްއާ ނިއުރޭޑިއެންޓް އަތުން ބަލިވެފައެވެ. އެހެންނަމަވެސް މިދިޔަ ސީޒަންގައި އާތީގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ވިކްޓްރީ ވަނީ ދިވެހި ލީގުގެ ހަތަރުވަނަ މަޤާމާ އެފް.އޭ.ކަޕްގެ ސެމީ އަދި ޤައުމީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.