ޚަބަރު

ވާހަކަ ދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތް ނިމިއްޖެ


ވާހަކަ ދެއްކުމުގެ ބައްތިރީސްވަނަ ޤައުމީ މުބާރާތް ނިމިއްޖެއެވެ.

މިމަހުގެ 6 ކުން އިއްޔެގެ ނިޔަލަށް އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ 22 ސްކޫލަކުން 299 ދަރިވަރުން ބައިވެރިވެފައިވެއެވެ. ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވީ މުބާރާތުގެ ނަތިޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ކަމަށެވެ.  

މިފަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވި މުބާރާތް ކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވީ 18 ސްކޫލަކުން 108 ދަރިވަރުންނެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވަވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށްގެންދަވަނީ ދިވެހިބަހުގެ އެކަޑަމީއާއި ޕަބްލިކު ސަރވިސް މީޑިއާ ގުޅިގެންނެވެ.