ކުޅިވަރު

އަހަރެން ނިންމާ ގޮތް ވަރަށް އަވަހަށް އިނގޭނެ - ވެންގާ


ކުރިމަގާމެދު ގޮތެއް ނިންމާފައިވާކަމަށާ ލަސްތަކެއް ނުވެ ނިންމި ގޮތް ހާމަކުރާނެކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ހާމަކޮށްފިއެވެ.

އާސެނަލްއާއި ވެސްބްރޮމް ކުޅުނު މެޗުން އާސެނަލް ބަލިވީ ތިނެއް އެކަކުންނެވެ. މެޗުގައި ކްރެއިގް ޑޯސަން ދެ ގޯލް ކާމިޔާބުކުރިއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހަލް ރޮބްސަން ކާނޫއެވެ. މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

ރޭގ ބައްޔާއެކު އާސެނަލް ވަނީ އެ ޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައެވެ. މީ ވެންގަރގެ ކޯޗްކަމުގެ ދަށުގައި އާސެނަލްގެ އެންމެ ދަށް ރެކޯޑެވެ.

ޗެމްޕިއަންސް ލީގް ޖާގައެއް އާސެނަލްއަށް ނުލިބިދާނެކަމަށް ބެލެވެން ފަށާފައިވާއިރު އާސެނަލްގެ ގިނަ ސްޕޯޓަރުންތަކެއް ދަނީ ކޯޗް ވެންގަރގެ އިސްތިއުފާޔަށް ގޮވާލަމުންނެވެ.

ރޭގެ މެޗް ކުޅެމުންދިޔައިރު ވެންގަރޔަށް އާ ކޮންޓްރެކްޓެއް ނުދިނުމަށާ އޭނާ ކްލަބުން ބޭރުކުރުމަށް ލިޔެފައިވާ ބެނަރއެއް ޖަހައިގެން ފްލައިޓަކުން ވަނީ ދަނޑު މަތިން ބުރު ޖަހާފައެވެ. އަނެއްކޮޅުން އެހެން ފްލައިޓެއް ވަނީ އާސެނަލްގެ ސަޕޯޓަރުން އަދިވެސް އިތުބާރުކުރަނީ ވެންގަރޔަށްކަމަށް ބުނާ ބެނަރއެއްް ޖަހައިގެން ބުރު ޖަހައިފައެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވެންގަރ ބުނީ އޭނާ މުސްތަޤުބަލުގައި ކުރާނެ ކަންތަށް އޭނާއަށް އިނގޭކަމަށާ އެކަން ވަރަށް އަވަހަށް މީޑިޔާއަށްވެސް އެނގިގެންދާނެކަމަށެވެ.

ވެންގަރ ބުނީ އޭނާ ނިންމާފައިވާ ގޮތް އަދި ކްލަބަށްވެސް ނޭނގޭނެކަމަށާ އަދި ކުރިއަށް އޮތް އިންޓަރނޭޝަނަލް ބްރޭކްގައިވެސް އޭނާގެ ނިންމުން ހާމަނުކުރާނެކަމަށެވެ.

 ވެންގަރއަށް އެންމެ ފަހުން އާސެނަލްއާއެކު ލީގު ތައްޓެއް ހޯދުނީ މީގެ 13 އަހަރުކުރިންނެވެ.