ކުޅިވަރު

ނައިފަރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބެންކު ކަންމަތި ޓީމަށް


ރައީސް ޔާމީން 2018 ވޮލީ ބޯލް ޗެލެންޖްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބެންކް ކަންމަތި ޓީމް ހޯދައިފިއެވެ. 

ޅ ނައިފަރުގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލްގައި ކުރެއްދޫ ވޮލީޓީމާއި ވާދަކޮށް ބޭންކު ކަންމަތި މެޗް ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޭންކު ކަންމަތި ޓީމްގެ މުހައްމަދު އަޒީބްއެވެ. 

ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމްގައި ހިމެނެނީ ބޭންކު ކަންމަތި ޓީމްގެ މުހައްމަދު ރަޝީދު، އަހުމަދު އަކްރަމް، މުހައްމަދު ފަރުހާން، އަހުމަދު ނަޢުޝާދު، އަދި ކުރެއްދޫ ޓީމްގެ ޔާމީން އަހުމަދުއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ބޭންކު ކަންމަތި ޓީމްގެ އަހުމަދު އަސްލަމް އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ކުރެއްދޫ ޓީމްގެ އަބްދުﷲ ހައިޝަމްއެވެ.

 މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބޭންކު ކަންމަތި ޓީމްގެ އަހުމަދު އަކްރަމްއެވެ.  

މުބާރާތުގެ ޗެމްޕިއަންޓީމަށް 25،000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށްވަނީ 10،000 ރުފިޔާދީފައެވެ.