ސިއްހަތު

އެސްޓީއޯއިން އެމަޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރެއް ޤާއިމްކޮށްފި


ހުމާއި ރޯގާއަށް ބޭނުންވާ ބޭސްތައް އެސްޓީއޯގެ ބޭސް ފިހާރަތަކުން މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން އެމަޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރެއް، ޣިޔާސުއްދީން ސްކޫލްގައި ޤާއިމްކޮށްފިއެވެ.

އެމެޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރުގައި ހުންނަވާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން އަތޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މިހާރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލް ކުރެވެންދެން އެމެޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރ ހުޅުވާފައި ބެހެއްޓުމަށް ވިސްނާފައިވާ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

" އެސްޓީއޯއިން އަތޮޅުގައި ޤާއިމްކޮށްފައިވާ ފާމަސީތަކަށް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި މިވަނީ ޑިސްޓްރިބިއުޝަން ސެންޓަރއެއް ޤާއިމްކޮށްފައި، އަޅުގަނޑުމެން ޔަގީންކަން އަރުވަން އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައަކުން ހުސްވުމެއް ނެތި ހުމާއި ރޯގާއަށް ބޭނުންވާ ބޭސްތައް ލިބެން ހުންނާނެ" ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި ހުމާއި ރޯގާއަށް ބޭނުންވާ ބޭހުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު މިހާރު އަތޮޅުތަކަށް ބޭސް ފޮނުވާ އަދަދު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުވެފައިކަމަށް އެކުންފުނިން ހާމަކުރެއެވެ.