އއ. ބޮޑުފުޅަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު އާންމުކޮށް ހުޅުއްވާލައްވައިފިއެވެ.
ބޮޑުފުޅަދޫ ކައުންސިލުން އެރަށުގައި ހެއްދެވި ކުޑަކުދިންގެ ޕާކަކީ ރަނގަޅު ފެންވަރަށް ތައްޔާރުކުރައްވާފައިވާ ޕާކެކެވެ. ތިންސަތޭކަ ފަންސާސް ހާސް ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކުރެއްވި މި ޕާކަށް ބޮޑު ޚަރަދެއް ކުރައްވާފައިވަނީ ކައުންސިލްގެ ބަޖެޓުންކަމަށް އެކައުންސިލުން ވިދާޅުވިއެވެ. ނަމަވެސް މި ޕާކް ހެދުމަށް ސަރުކާރާއި ވެލިދޫ ރިޒޯޓާއި އަދި އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީތެރިކަން ދެއްވާފައިވާކަމަށް ބޮޑު ފުޅަދޫ ކައުންސިލުން ވިދާޅުވެއެވެ.
ކައުންސިލްގެ ބަޖެޓުން މިހާބޮޑު ހޭދައެއް ކުރައްވައިގެން ޕާކެއް ހެއްދެވުމުގެ ބޭނުމަކީ ރަށުގެ ރައްޔިތުން ޢާއިލާތަކާއެކު ހިތްހަމަޖައްސާލާނެ ތަނެއް ރަށުގައި ނެތުމުން ޢާއިލާތައް ރަށުގައި ތިބެ ހުސްވަގުތު ހޭދަކޮށްލާނެ ތަނެއް ހޯދައިދިނުމުގެ ބޭނުމުގައިކަމަށް ކައުންސިލް އިދާރާއިން ވިދާޅުވެއެވެ.