ކުޅިވަރު

ޓީޓީ ކުންފުނި މުބާރާތުގެ ފިރިހެންބައި ދިރާގުން މިލްކުކޮށްފި.


9ވަނަ އިންޓަރ އޮފީސް ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަަމަ ޑިވިޝަންގެ ފިރިހެންބައިގެ ޗެންޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދިރާގުން ހޯދައިފިއެވެ.

 މިމުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އެމްއޭސީއެލްއެވެ. 9ވަނަ އިންޓަރ އޮފީސް ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަަމަ ޑިވިޝަންގެ ފިރިހެންބައިގައި ޗެންޕިއަންކަން ދިރާގުން މިލްކުކޮށްފައިވަނީ އެމްއޭސީލްއާ ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. ޓީމް އިވެންޓް އުސޫލުން ކުރިއަށްދިޔަ މިބައިގައި އަންހެންބައިގެ ޗެންޕިއަންކަން އެމްއޭސީއެލް ހޯދާފައިވަނީ ދިރާގާ ވަދަކޮށް މެޗްތަށް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ 2ވަނަ ޑިވިޝަންގެ ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓެވެ. ޖުމެއިރާ ޗެންޕިއަންކަން ހޯދާފައިވަނީ މަލަހިނި ކުޑަ ބަނޑޮސްއާ ވަދަކޮށް މެޗްތަށް ކާމިޔާބުކޮށްގެންނެވެ. މިބައިގެ ތިންވަނަ ހޯދާފައިވަނީ ސީސީސީސީ ސެކަންޑް ހާބާރއެވެ. 2ވަނަ ޑިވިޝަންގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް މިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އެމް.އެމް.އޭއާއި ވާދަކޮށް މެޗްތަށް ކާމިޔާބުކޮށްގެންނެވެ.