ކުޅިވަރު

ކޮލެޖް ޔުނިވަރސިޓީ މުބާރާތުގެ ޗެމްޕިއަންކަން އެމްއެންޔޫ ހޯދައިފި


މައިލޯ އިންޓަރ ކޮލެޖް ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ހޯދައިފިއެވެ.

އެމްއެންޔޫ ޗެމްޕިއަންކަން ހޯދި ފައިނަލްގައި ސައިރިކްސް ކޮލެޖާ ވާދަކޮށް 3 ސެޓް 2 ސެޓުންނެވެ ވާދަވެރި މިމެޗްގެ ފުރަތަމަ 2 ސެޓް އެމްއެންޔޫ ގެންދިޔައީ 25 - 20 އަދި 25 - 16 އިންނެވެ. ޖެހިގެން އައި 2 ސެޓް ސައިރިކްސްއިން ކާމިޔާބުކުރީ 25 - 19 އަދި 25 - 15އިންނެވެ. ވާދަވެރި ކުޅުމުކަށްފަހު މެޗްގެ ފަހު ސެޓް އެމްއެންޔޫ ކާމިޔާބުކުރީ 15 - 13އިންނެވެ. މެޗްގައި ދެޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނެވެ.  ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އެމްއެންޔޫގެ މަރިޔަމް މިޒްނާއެވެ.