ސިއްހަތު

"ފަންނީ ބޭފުޅުންގެ ލަފާފުޅާއެކީ ފިޔަވަޅުތައް ދަނީ އަޅުއްވަމުން"


މިދުވަސްވަރު ފެތުރެމުންދާ ހުމުގެ ރޯގާއާއި ގުޅިގެން ޓެކްނިކަލް ބޭފުޅުން ދެއްވާ ލަފަޔާ އިރުޝާދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށް ހެލެތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ރޯގާއާއި ގުޅޭ އެންމެހައި ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވައި މޮނިޓަރ ކުރައްވަމުންގެންދަވާކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއު. އެޗް. އޯ އާއި ކުރައްވަން ޖެހޭ މަޝްވަރާތައް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ނާޒިމް ވިދާޅުވީ މިހާރު ފެރުރެމުންދާ ރޯގާއަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ތަކެތި ރާއްޖެއިން ލިބެން އެބަހުރިކަމަށާއި އިތުރަށް ހޯދަންޖެހޭ ތަކެތި ގެނައުމަށް ބޭނުންވާ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސަވާފައިވާކަމަށެވެ. އަދި ސަރުކާރުން އަންގަވާގޮތަށް އަދި ޚާއްސަކޮށް މެޑިކަލް ބޭފުޅުން ދެއްވާ ލަފަޔާއި އެއްގޮތަށް އަމަލުކުރައްވަން މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. 

ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ މިދުވަސްވަރު ފެތުރޭ ރޯގާއިން ރައްކާތެރިވުމަށް ހެލްތް މިނިސްޓްރީއާއި، އައިޖީއެމްއެޗާއި ރާއްޖޭގެ އެހެނިހެން ސިއްޙީ ތަންތަން ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.