ޚަބަރު

ސްކޫލްތަކުގެ ޤުރުއާން މުބާރާތް މިރޭ ފަށާނެ


ސްކޫލްތަކުގެ ޤުރުއާން މުބާރާތް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ފަށާނެއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމްކުރައްވައިގެން ބާއްވަވާ މި މުބާރާތުގައި 309 ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތް ކުރިޔަށްގެންދަވަނީ ތިން ގޮތްޕަކަށް ބައްސަވާލައްވައިގެނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފި، ނުބަލައި ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޡުންގެ ގޮތްޕެވެ.

މި މުބާރާތުގައި އަތޮޅެތެރޭގެ ހުރިހާ ސްކޫލަކުން ބައިވެރިވާއިރު، މާލޭގެ 18 ސްކޫލަކުން ބައިވެރިވެއެވެ.