ޚަބަރު

ފުލުހުންގެ އެންގުމަށް މަޑުނުކުރުމުން 6 މަހަށް ޖަލަށް !


ޤާނޫނު ތަންފީޛު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށް ސާބިތުވި މީހަކު 6 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކުރައްވައިފިއެވެ. 

ހދ.ކުޅުދުއްފުށި، މޭވާގެ، އަޙްމަދު ޙުސައިންގެ މައްޗަށް 6 މަސްދުވަހުގެ ޖަލު ޙުކުމެއް އައީ، މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ތެރޭގައި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލައިގެން ގޮސްފައިވާ މައްސަލަ ކޯޓުން ބެއްލެވުމަށްފަހުއެވެ.

މިމައްސަލައިގެ ޙުކުމްގައި ވަނީ ދަޢުވާ ސާބިތުކުރުމަށްޓަކައި ދަޢުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރިނާ އާއި އަޙްމަދު ޙުސައިން މި މައްސަލައިގެ ތަހުޤީޤަށާއި ޝަރީއަތަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކުރާއިރު، ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ.