ވިޔަފާރި

ބީއެމްއެލްގެ ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި


ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ވިހި ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

ހިއްސާއަކަށް ވިހި ރުފިޔާގެ މަގުން ޖުމްލަ 107.6 މިލިއަން ރުފިޔާ ބެހުމަށް ބީއެމްއެލްގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ ދެހާސް ފަނަރަވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ނިންމި އަދަދަށްވުރެ އަށާރަ އިންސައްތަ އިތުރު އަދަދެކެވެ. ބީއެމްއެލްއިން ދެހާސް ފަނަރަވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް ސަތާރަ ރުފިޔާގެ މަގުން ނުވަދިހަ އެކެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާ ބަހާފައިވެއެވެ.  

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.