ކުޅިވަރު

19 އަހަރުންދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަޙްމަދިއްޔާއަށް


މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިރޭ ކުޅުނު ފައިނަލް މެޗް އަޙްމަދިއްޔާ ކާމިޔާބުކުރީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްއީއާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗްގެ 3 ސެޓް އަޙްމަދިއްޔާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 25 - 12،  25 - 15 އަދި 25 - 11 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އަޙްމަދިއްޔާ ސްކޫލްގެ އައިމިނަތު ޝަހާ ޝާމިންއެވެ. މިމުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ހުރިހާ އުމުރުފުރައެއްގެ ކުޅުން ނިމުމުން ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.