ޚަބަރު

"އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ޙަރަކާތެއް ބާއްވައިފި


ރާއްޖޭގެ އިޝްތިހާރުކުރުމަށް މެލޭޝިއާގައި "އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ޙަރަކާތެއް ބާއްވައިފިއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޓައިޕްރައިޓާ ޕްރައިވެޓު ލިމިޓެޑް" ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މި ޙަރަކާތުގައި ވަނީ މެލޭޝިއާގެ ހަތަރު ޔުނިވަރސިޓީއެއްގައި ރާއްޖޭގެ ސަގާފީ މިއުޒިކާއި ދިވެހި ލައިވް މިއުޒިކް ޝޯތައް ކުރިއަށް ވަނީ ގެންގޮސްފައެވެ.

މިމަހުގެ ހަވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ޔުނިވަރސިޓީއެއްގައިވެސް ލަކީ ޑްރޯއެއް ނަގާ އޭގެން ހޮވޭ ފަރާތަކަށް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް" ނިމިގެންގޮސްފައިވަނީ މެލޭޝިއާ ޓޫރިޒަމް ސެންޓަރުގައި ދިވެހި މިއުޒިކާއި އެކު، ދިވެހި އަތްތެރި މަސައްކަތްތައް އަދި ދިވެހި ކެއުންތައް ދައްކާލުމަށް ރޭ ބޭއްވި ޙާއްޞަ މައުރަޒަކުންނެވެ.