ޚަބަރު

އިހަވަންދޫގައި ހިންގެވި ވެބް ޑިޒައިނިންގ ކޯސް ނިމިއްޖެ


ދިވެހި އަސްކަރިއްޔާގެ ދަށުން ހިންގަމުން އަންނަ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އަކީ އެކި ފެންވަރުގައި ތަފާތު ކޯސްތަކާ ޓްރެއިނިންގ އަދި ޕްރޮގްރާމް ހިންގަމުން އަންނަ ތަނެކެވެ. ހއ އިހަވަންދޫގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން ހިންގި މި ކޯހުގައި 174 ދަރިވަރުން ވަނީ ބައިވެރިވެ ދަސްވެ ނިވިފައެވެ. އަދި މި ދަރިވަރުންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 6 ދަރިވަރަކު ހިމެނެއެވެ.

މި ކޯހަކީ 3 މަސްދުވަހަށް ކުރިޔަށްގެންދިޔަ ކޯހެކެވެ. މި ކޯހުގައި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް ޓީޗަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ކޯހުން އެއްވަނަ އަށް ދިޔަ ހއ އިހަވަންދޫ މޫރިތިގެ ފަތުހުﷲ އަހުމަދު އަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.

ފަތުހުﷲ އަށް ސަދަގާތު ފައުންޑޭޝަންގެ ފަރާތުން  ދިހަ ހާސް ރުފިޔާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސެޓްފިކެޓް ލެވެލް 4 ގެ ފޮޓޯގްރަފީ ކޯހަކާއި ކެމެރާއެއް ދީފައިވެއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ ޝީލްޑް އަރުވާފައިވެއެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން ހިންގި މިފަދަ އެހެން ކޯސްތަކުގައި ތޭރަ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ ދަސްެވެނިވިފައިވެއެވެ. އަދި މީގެ ތެރޭގައި 44 ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކޮށްފައިވެއެވެ.