ޚަބަރު

ޕީޕީއެމް އިން އަންހެނުން ބާރުވެރިކުރުމަށް ސެމިނަރއެއް ބާއްވައިފި


ޕީޕީއެމްގެ އަންހެނުންގެ ޙަރަކާތުގެ ފަރާތުން، އަންހެނުން ބާރުވެރިކުރުމަށްޓަކައި ޚާއްޞަ ސެމިނަރއެއް ބާއްވައިފިއެވެ.

"އަންހެނުންގެ ދައުރު މުޖުތަމަޢުގައި" މި ނަމުގައި މިއަދު ހަވީރު ޝީ ބިލްޑިންގގައި ބޭއްވި މި ސެމިނަރ ޝަރަފްވެރިކޮށްދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ދައުރު މުޖުތަމަޢުގައި ފުޅާކޮށް، ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ޢުމުރުފުރާއެއްގެ ކަނބަލެއްނަމަވެސް އެމީހެއްގެ މަސައްކަތުން ކުރިއަރާނެ ކަމަށެވެ. އަދި މުޖްތަމަޢުގެ އެކިއެކި ދާއިރާތަކުގައި ކަނބަލުން ބާރުވެރިކުރުމަށްޓަކައި ބޭނުންވަނީ ފުރުޞަތުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އަންހެނުން ބާރުވެރިވެރިކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މިއަދު ފެށި މި ސެމިނާރގައި އަންހެނުންގެ ޞިއްޙީ ދުޅަހެޔޮކަމާއި ދީނީ ނަޒަރަކުން އަންހެނުންގެ ދައުރު މުޖުތަމަޢުގައި ކުރިއެރުވިދާނެ ގޮތާ ގުޅޭ މަޢުލޫމާތު އެކަމުގެ މާހިރުން ބައިވެރިންނާ ޙިއްސާކުރައްވާފައިވެއެވެ. މި ސެމިނާރގައި އަންހެނުންގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ފަޅާފައިވެއެވެ.