ކުޅިވަރު

ނިއުގެ މައްޗަށް މިސީޒަންގައި ކުރި ހޯދޭނެ - އާތިފް


މިދިޔަ އަހަރުގެ ސީޒަންގައި ނިއު ރޭޑިއަންޓް ޔުނައިޓަޑް ވިކްޓްރީ 4 ފަހަރު ބަލިކޮށްފައި ވީނަމަވެސް މިއަހަރުގެ ސީޒަންގައި އެކަން ތަކުރާރު ނުވާނެކަމަށް ޔުނައިޓަޑް ވިކްޓްރީ ކޯޗް އަހުމަދު އާތިފް ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގްގައި ނިއުއާ ޔުނައިޓަޑް ވިކްޓްރީ ވާދަކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އަހުމަދު އާތިފްބުނީ މިދިޔަ ސީޒަންގައި ޔުނައިޓަޑް ވިކްޓްރީއަށް އެންމެ އުnދަގޫވި މެޗްތަކަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ މެޗްތަކެވެ. ހާއްސަކޮށް އެޓީމްއާ ވާދަކޮށް މިދިޔަ އަހަރު 3 ޕޮއިންޓް ހޯދިފައިނުވާކަންވެސް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އާތިފްބުންޏެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ޓީމް ތަކުގެ ވާދަވެރިކަން އިތުރުވެ، ޓީމްތަށް ހަމަހަމަކަމަށާ ނިއުގެ މެޗަށް ޔުނައިޓަޑް ވިކްޓްރީ ނިކުންނާނީ ތާރީހުވެސް ބަދަލްކޮށްލަންކަމަށް އާތިފްބުންޏެވެ. 

ނިއުގެ ކުޅުންތެރިންނާ، އަދި އެކުޅުންތެރިންގެ ހުނަރަށް ބަލާފަ، މިއީ ވަރަށް ތަފާތު 2 ޓީމްކަމަށް، ނިއުގެ ކުޅުންތެރިން ކިތަންމެ ތަފާތުކަމަށް ވީނަމަވެސް ޔުނައިޓަޑް ވިކްޓްރީންއިން އެންމެ ތަންކޮޅެއްވެސް ނިއުއަށް ދޫނުކުރާނެކަމަށާ އަދި މެޗްވެސް ފަސޭހަ ނުވާނެކަމަށް ޔުނައިޓަޑް ވިކްޓްރީ ކޯޗް އަހުމަދު އާތިފްބުންޏެވެ.

"ނިއުގެ ފޯމޭޝަންގައި އެބަހުރި ވީކްނަސްތަކެއް. އެފޯމޭޝަންގައި އެބަހުރި ޔުނައިޓަޑް ވިކްޓްރީއަށް ފައިދާ ނެގޭނެ ވަރަށް ގިނަ ކަންތަށްތަކެއް. އަޅުގަނޑުމެން މިހާރު މިދަނީ އެކަންތަށްތަކަށް މަސައްކަތް ކުރަމުން. މިދިޔަ އަހަރުގެ މެޗްތަކަށް ބަލާފަ އަދި މި ދެޓީމްގެ ކުޅުންތެރިންނަށް ބަލާފަވެސް އަޅުގަނޑުމެންނަށް ފައިދާވާ ކަންތަށްތަކެއް އެބަހުރި. ނިއުއަށް އަހަރެން ވަރަށް ރެސްޕެޓް ކުރަން، ނަމަވެސް މެޗްގައި އެއްވެސް ވަރަކަށް ނިއުއަށް ދުލެއް ނުދޭނަން." ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އާތިފް ބުންޏެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗު ބެނާޑޯ ޓަވަރޭސްބުނީ ޔުނައިޓަޑް ވިކްޓްރީއަކީ ތަފާތު ޓީމްއެއްކަމަށެވެ. ކުލަބް އީގަލްސް އަތުން ޔުނައިޓަޑް ވިކްޓްރީ 2 ލަނޑު ސުން ލަނޑުން ބަލިވިކަމަށް ވީނަމަވެސް ޓީމެއްގެ ގޮތުގައި އެޓީމް ވަރަށް މޮޅަށް ކުޅެފައިވާކަމަށެވެ. ޔުނައިޓަޑް ވިކްޓްރީގެ މޮޅުކަން އެޓީމްވަނީ މިދިޔަ އަހަރުގެ ސީޒަންގައި ދައްކާލާފައެވެ. ތާވަލްގެ 4ވަނާގައި ޔުނައިޓަޑް ވިކްޓްރީ އޮތްއިރު، ތާވަލްގެ 5ވަނާގައި މިދިޔަ އަހަރު އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

 ލީގް ތާވަލަށް ބަލާލިކަމަށް ވީނަމަވެސް ޔުނައިޓަޑް ވިކްޓްރީގެ ފެންވަރު ވަރަށް ރަނގަޅަށް އެނގިގެން ގޮސްފައިވާކަމަށާ އަދި ޓީމެއްގެ ގޮތުގައި ޔުނައިޓަޑް ވިކްޓްރީ މޮޅުކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗު ބެނާޑޯ ޓަވަރޭސްބުންޏެވެ. 

img:http://s4.psmnews.mv/images/660x400/14889737015568.jpg|އެސްޓީއޯ މާލޭ ލީގްގެ ޕްރީ މެޗް ޕްރެސްކޮންފަރެންސްގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް)

"ޔުނައިޓަޑް ވިކްޓްރީއަކީ ޓީމްއެއްގެ ގޮތުގައި ވަރަށް މޮޅަށް ކުޅުނު ޓީމެއް. އެޓީމްގައި މާ މޮޅު ކުޅުންތެރިއެއް ނެތް، އެހެންވީމަ އެޓީމްއަކީ ވަރަށް ބެލެންސް ޓީމެކޭ ބުނެވިދާނެ، ޔުނައިޓަޑް ވިކްޓްރީގައި ތިބި ކުޅުންތެރިން ބަލާފަ ޓީމްއެއްގެ ގޮތުގައި އެޓީމް ވަރަށް މޮޅު. ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް ނިކުންނައިރު ނިއުއިން ވަރަށް ސަމާލްވާނެ، އެއްވެސް ވަރަކަށް ޔުނައިޓަޑް ވިކްޓްރީއަކީ ދެރަ ޓީމަކަށް ނުބަލާ މެޗަށް ނިކުންނާނީ ސީދާ 3 ޕޮއިންޓަށް." ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުންޏެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއާ ވިކްޓްރީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗްގައި ސްޕޯޓަރުންގެ ފަރާތުން ލިބުނު އެހީގެ ސަބަބުން ޓީމްއަށް ވަރަށް ބޮޑަށް ފައިދާކުރިކަމަށެވެ. މީގެ އިތުރުން ޝެއިހް ކަމާލް ގޯލްޑް ކަޕުގައި ޓީސީ ސްޕޯޓްސް ކުލަބްއިން ހޯދި ކާމިޔާބީއަށް 2 ޓީމްގެ ކޯޗުންވެސްވަނީ މިބައްދަލުވުމުގައި މަރުހަބާ ކިޔާފައެވެ.