ޚަބަރު

ކަސްޓަމްސްއިން 1.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


ރާއްޖެ އެތެރެކުރަން އުޅުނު 1.5 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށެވެ. މިމިހާ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 668 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މީގެއިތުރުން މިމަހުގެ 3 ވަނަ ދުވަހު ދުބާއީން ރާއްޖެއައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންވެސް ބެހޭގޮތުން މަސްތުވާތަކެތި އަތުގަނެވިފައެވެ.

ކަސްޓަމްސް ވިދާޅުވީ މީނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު 783 ގްރާމް ހުރިކަމަށެވެ. ކަސްޓަމްސްއިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މި ދެ މީހުން ފުލުހުންނާއި ޙަވާލުކުރެވިފައެވެ. އަދި ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުޤީގްކުރައްވަމުންނެވެ.