ވިޔަފާރި

އެސްޓީއޯ ސުޕަރމާޓުގައި "ކޭކް އެންޑް ވެފަރ ފީސްޓް" ފަށައިފި


އެސްޓީއޯއިން 7 ކުންފުންޏަކާ ގުޅިގެން އެސްޓީއޯ ސުޕަރމާޓުގައި "ކޭކް އެންޑް ވެފާރ ފީސްޓް" ފަށައިފިއެވެ.

އެސްޓީއޯ ސުޕަރމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޭކް އެންޑް ވެފަރ ފީސްޓް ތަޢާރަފްކޮށްދެއްވީ، އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާންއެވެ. މިފަހަރުގެ ކޭކް އެންޑް ވެފަރ ފީސްޓްގައި އެކި ބްރޭންޑުތަކުގެ ވެފަރގެ ރަހަ ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނޭކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

img:http://s2.psmnews.mv/images/660x400/14887222178379.jpg|ކޭކް އެންޑް ވެފަރ ފީސްޓް ރަސްމީކޮށް އެސްޓީއޯގެ ސީނިއާ ޖެނަރަލް މެނޭޖަރ އާޝާން ހުޅުވައިދެއްވަނީ / ފޮޓޯ: އެސްޓީއޯ

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ ބްރޭންޑް ސުޕަވައިޒަރ ފާތިމަތު ފަނާޒާ ވިދާޅުވީ، މިފަހަރުގެ ކޭކް އެންޑް ވެފަރ ފީސްޓުގައި ބައިވެރިވި 7 ކުންފުނިން ފަނަރައަށްވުރެ ގިނަ ވެފަރގެ އެކި އުފެއްދުންތައް ބައިވެރިކޮށްފައިވާކަމަށެވެ.

ކޭކް އެންޑް ވެފަރ ފީސްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށެވެ. ކޭކް އެންޑް ވެފަރ ފީސްޓްގައި އެސްޓީއޯއިން އާ އުފެއްދުންތައް ތަޢާރަފްކުރުމަށް ނިންމާފައިވާއިރު، ސަޕްލަޔަރުން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އުފެއްދުންތަކާއި ބެހޭ މަޢުލޫމާތު ކަސްޓަމަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.