ކުޅިވަރު

ދުބާއީ ޗެމްޕިއަންޝިޕް ޓެނިސް މުބާރާތް މަރީ ކާމިޔާބުކޮށްފި


ފެނާންޑޯ ވާރޑަސްކޯ ބަލިކޮށް ދުބާއީ ޗެމްޕިއަންޝިޕް ޓެނިސް މުބާރާތް ފުރަތަމަ ފަހަރަށް އެންޑީ މަރީ ކާމިޔާބުކޮށްފިއެވެ.

ދުބާއީ ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފައިނަލް މެޗް އިނގިރޭސި ވިލާތުގެ އެންޑީ މަރީ ކާމިޔާބުކުރީ ސްޕެއިން ފެނާންޑޯ ވާޑަސްކޯގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މުބާރާތުގެ އެއްވަނައަށް ސީޑް ކުރެވިފައިވާ މަރީ ފައިނަލް މެޗް ކާމިޔާބުކުރީ ވަރަށް ފަސޭޙަކަމާއެކު ހައެއް ތިނެއް، ހައެއް ދޭކުންނެވެ. މިއީ އެންޑީ މަރީ ފައިނަލެއްގައި އެހާ ފަސޭޙައިން އިދިކޮޅު ކުޅުންތެރިޔަކު ބަލިކުރި ފުރަތަމަ ފަހަރެވެ. މި މުބާރާތް ކާމިޔާބުކުރުމާއެކު މަރީ ހޯދި ތަށީގެ އަދަދު ވަނީ ސާޅީސް ފަހަކަށް އަރާފައެވެ. 

 މިއީ 2017ވަނަ އަހަރު އޭނާ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.