ކުޅިވަރު

ބަށި މުބާރާތުގެ ލ.އަތޮޅުގެ ޗެންޕިއަންކަން ގަން ހޯދައިފި


ފަސްޑްލޭޑީ ބަށިބޯޅަ ޗެންޕިއަންޝިޕްގެ ލ.އަތޮޅުގެ ޗެންޕިއަންކަން  ގަން ބަށި ޓީމް ހޯދައިފިއެވެ. ލ.އަތޮޅުގެ ޗެންޕިއަންކަން ގަން ބަށި ޓީމް ހޯދީ ފައިނަލްގައި ތުނޑި ޓީމާ ވާދަކޮށް ހަތަރު ލަނޑުގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. ގަން ޓީމް ވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ.

 ލ.އަތޮޅުގެ ފައިނަލް މެޗްގެ 2 އިނިންގްސް ނިމުނުއިރު ތުނޑި ޓީމަށް ހެދިފައިވަނީ 10 ލަނޑާއި، 1 ފޯއްޔެވެ. ޗެންޕިއަންކަން ހޯދި ގަން ބަށި ޓީމް ވަނީ 14 ލަނޑު، 8 ފޯލި ހަދާފައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ގަން ބަށި ޓީމްގެ އައިޝަތު ލުބުނާއެވެ. ލ.އަތޮޅުގެ ޗެންޕިއަންކަން ގަން ބަށި ޓީމް ހޯދުމުން އެޓީމް ވަނީ ޒޯން މުބާރާތަށް ކޮލިފައިވެފައެވެ. 

ބަށި ބޯޅަ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފަސްޑް ލޭޑީ ބަށި ބޯޅަ ޗެންޕިއަންޝިޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ދެވަނަ ޓީމަށް 75،000 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.