ކުޅިވަރު

ފުރަތަމަ މެޗް 10ލަނޑުގެ ތަފާތުން އިސްކަންދަރު ކާމިޔާބުކޮށްފި


މައިލޯ އިންޓާރ ސްކޫލް ފުޓްބޯޅަ މުބާރަތުގެ 16އަހަރުން ދަށުގެ ފުރަތަމަ މެޗް ދިހަ ލަނޑުގެ ތަފާތުން އިސްކަންދަރު ސްކޫލް ކާމިޔާބުކޮށްފިއެވެ. 

މިއަދު ފެށި މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިސްކަންދަރު ސްކޫލް ކާމިޔާބުކޮށްފައިވަނީ ޢާޒީ ސްކޫލްއާ ވާދަކޮށް 10 ލަނޑު 0 ލަނޑުންނެވެ. މެޗްގައި އިސްކަންދަރު ސްކޫލްގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރު 5 ލަނޑު، އިބްރާހިމް އިމްރާން 4 ލަނޑު އަދި މުހައްމަދު ލޫތް އިބްރާހީމްއެވެ.

މިމުބާރަތުގައި މިއަދު ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެވެ. މިމެޗް އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ކާމިޔާބުކޮށްފައިވަނީ ހުރާ ސްކޫލްއާ ވާދަކޮށް 8 ލަނޑު 1 ލަނޑުންނެވެ. މެޗްގައި އަހުމަދިއްޔާ ސްކޫލްގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އިހުސާން އާދަމް 2 ލަނޑު، އާލިމް އަބްދުލް ލަތީފް 3 ލަނޑު، މުހައްމަދު އިލްހާމް 2 ލަނޑު، ޔޫސުފް ރަޢުފްއެވެ. އަހުމަދިއްޔާ ސްކޫލްއިން ޖެހި 6ވަނަ ގޯލަކީ ހުރާ ސްކޫލްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލްއެކެވެ. މިމެޗްގައި ހުރާ ސްކޫލްއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާއިޝްއެވެ.