ކުޅިވަރު

ބޭނުންވަނީ އެންމެން ގޮވައިގެން މަސައްކަތްކުރަން - ބައްސާމް


ކުރިއަށްދާނީ ފުޓްބޯޅަ އާއިލާގެ ހުރިހާ މެމްބަރުން ގޮވައިގެންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

 އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް އެފްއޭއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވަން ބޭނުންވާކަމަށެވެ. އެގޮތުން އެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރައްވައިގެން، ބައިވެރިކުރައްވައިގެން ކުރިއަށްގެންދަވަން ބޭނުންވާކަމަށް ބައްސާމް ވިދާޅުވިއެވެ.

" ފުޓްބޯޅަ އާއިލާ އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރާތަން އަޅުގަނޑު ދެކެން ބޭނުން. އަދި ހަމައެއާއެކު ފުޓްބޯޅަ މީގެކުރިން ކުޅެފަތިބި، ނުވަތަ ކޯޗުން އަދި ޓެކްނިކަލް ބޭފުޅުންނާ ގުޅިގެން މަސައްކަތްކުރަން އަޅުގަނޑު ބޭނުންވޭ." ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކުރިއަށް އޮތްތާނގައި އެފަދަ ބޭފުޅުންނާއެކު އިތުރު ކޮމިޓީތައް ހެދިގެން މަސައްކަތްކުރައްވާނެކަމަށެވެ. ޤައުމީ ޓީމް ކޮމިޓީއާއި، ފުޓްބޯޅަ އެވޯޑް ފަދަ ކަންކަން ކުރިއަށް ގެންދަވަނީ އެއުޞޫލުންކަމަށް ބައްސާމް ވިދާޅުވިއެވެ.

ކޮންގްރެސްފަދަ ރަސްމީ ބައްދަލުވުންތަކަށް ބައެއް ފަރާތްތަކުން ދޭ ސަމާލުކަން ކުޑަވުމުން އެކަމުގެ ކަންބޮޑުވުންވެސް ބައްސާމް ވަނީ ފާޅުކުރައްވާފައެވެ.