ކުޅިވަރު

ކިންގްސް ތިން ބަލިކޮށް، ޓީރެކްސް ޗެމްޕިއަންކަން ހޯދައިފި


ކިންގްސް ތިން ބަލިކޮށް، ތިންވަނަ އެމްބީއޭ ކަޕް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ހޯދައިފިއެވެ.

ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ކާމިޔާބުކުރީ ބާސްކެޓްބޯޅައިގައި އަލަށް ވާދަކުރަން ފެށި ކިންގްސް ބާސްކެޓްބޯޅަ ކްލަބާ ވާދަކޮށް 13 ޕޮއިންޓްގެ ތަފާތުން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ކާމިޔާބުކުރީ 88 ޕޮއިންޓް 75 ޕޮއިންޓުންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްގެ އިބްރާހިމް ރަޝްވާންއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްގެ އަހުމަދު ޒަބީރު، ކިންގްސް ބާސްކެޓްބޯޅަ ކްލަބްގެ މުޙައްމަދު ޒިލާލް، އަހުމަދު ފިރާޝް، ރިޝްފާން ރަޝީދުގެ އިތުރުން ދަ ބައުސްގެ ނަސީމް އިބްރާހިމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ފައިނަލްގެ މެޗުގެ މޮޅު ކުޅުންތެރިޔާ ރަޝްވާނެވެ.