ކުޅިވަރު

ބާސްކެޓް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެލް.ޓީ.ސްޕޯޓްސްއަށް


3 ވަނަ އެމްބީއޭ ކަޕް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެލް.ޓީ.ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.

އެލް.ޓީ.ސްޕޯޓްސް ކްލަބް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލްގައި 9 ޕޮއިންޓްގެ ތަފާތަކުން ސްޓިންގާރސް ބާސްކެޓްބޯޅަ ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗް އެލް.ޓީ.ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ 80 ޕޮއިންޓް 71 ޕޮއިންޓުންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އެލް.ޓީ.ސްޕޯޓްސް ކްލަބަށް ފައިނަލް މެޗްގައި 26 ޕޮއިންޓް ހޯދައިދިން އަހުމަދު ރާއިދުއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެލް.ޓީ.ސްޕޯޓްސް ކްލަބްގެ މުހައްމަދު އިވާން ޒާހިރްއާއި، އަބުދުﷲ ފިރުނާޝްއާއި، ސްޓިންގާރސް ބާސްކެޓްބޯޅަ ކްލަބްގެ މުހައްމަދު ސަބީޙް ތަޢުފީޤާއި، މުހައްމަދު އަޒްމަންގެ އިތުރުން ރެޑް ވިންގްސް ބާސްކެޓްބޯޅަ ކްލަބްގެ މުހައްމަދު އަޝްމަލްއެވެ.

ފުރަތަމަ ޑިވިޝަންގެ ފައިނަލްގައި ޓީރެކްސްއާއި، ކިންގްސް ބާސްކެޓް ކްލަބް މިރޭ ވާދަކުރާނެއެވެ.