ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ނައްތާލައިފި


މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ގިނަ ޢަދަދައްގެ ބަނގުރާ ނައްތާލައިފިއެވެ.

ދޫނިދޫގައި އިއްޔެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްގެ ފުލުހުންގެ ހާޟިރުގައި ނައްތާލާފައިވާ މިމަހުގެ ކުރީކޮޅު މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީންގެ ބަޔަކު ބަނގުރާ އުފައްދާކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ބަނގުރާތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 500 އެމްއެލްގެ 40 ފުޅިއަކާއި 5 ލީޓަރުގެ 4 ފުޅިއަކާއި 20 ޓައްޕެއްގައި ހުރި ބަނގުރަލެވެ.

އެތަކެތި ނައްތާލާފައިވަނީ ތަހްޤީޤަށް ބޭނުންވާ ސާމްޕަލްސް ނެގުމަށްފަހުކަމަށް ފުލުހުން ވިދާޅުވެއެވެ.