މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ދަތުރުކުރި ގަދަ 12 ބައިވެރިން ޔަޤީންވެއްޖެ


ޕިއާނޯ ރައުންޑުގެ ފަހު ޝޯވއާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑަށް ދަތުރުކުރި ގަދަ 12 ބައިވެރިން މިރޭ ޔަޤީންވެއްޖެއެވެ.

ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން މިދިޔަ ހަފްތާގައި އިޢުލާންކޮށްފައިވާއިރު، ބާކީތިބި 6 ބައިވެރިން އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ޕިއަނޯ ރައުންޑުގެ ދެވަނަ ޝޯވގެ އެލިމިނޭޝަން ނައިޓުގައެވެ.

img:http://s3.psmnews.mv/images/660x400/14879625723851.jpg|ޕިއާނޯ ރައުންޑުގައި ދެވަނަ ޝޯވގެ ތެރެއިން-

ޕިއާނޯ ރައުންޑުގެ ރޭގެ ޝޯވގައި 8 ބައިވެރިންގެ ފަރާތުންވެސް ހިތްގައިމު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. ރޭގެ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ މާކްސް އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޖުމްލަ ޕޮއިންޓުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބުނު 6 ބައިވެރިންނެވެ. 

މިރޭގެ ޝޯވއިން ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންނަކީ:

- އަޙްމަދު ނަބީލް މުޙައްމަދު

- ޙަމޫދު އަޙްމަދު

- ޙަސަން އިރުފާން

- އަޙްމަދު ފަރާޝް

- އައިޝަތު ޖައިޝާ ވަޙީދު

- ޢަބްދުﷲ ހިޝާން

މިރޭގެ ޝޯވއިން މި މުބާރާތާއި އަލްވަދާއު ކިޔާފައިވާ 2 ބައިވެރިންނަކީ:

- އަޙްމަދު މާއިޝް ނިޔާޒް

- ޙުސެއިން ސަމާޙް img:http://s2.psmnews.mv/images/660x400/14880487248686.jpg|އައިޑަލްގެ މިރޭގެ ޝޯވއިން ވަކިވި 2 ބައިވެރިންކަމުގައިވާ (ވ) ސަމާޙް އަދި (ކ) މާއިޝް

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް އާއްމުންގެ ފަރާތުން ބޮޑު މަޤުބޫލުކަމެއް ލިބެމުން އަންނައިރު، ޝޯވގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.