ދުނިޔެ

ބްރެޒިލްގެ ޚާރިޖީ ވަޒީރު މަޤާމުން އިސްތިއުފާދެއްވައިފި


ބްރެޒިލްގެ ޚާރިޖީ ވަޒީރު ހޯޒޭ ސެރާ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ބްރެޒިލްގެ ޚާރިޖީ ވަޒީރު މަޤާމުން އިސްތިއުފާދެއްވީ ޞިއްޙީ މައްސަލަތަކަކާ ގުޅިގެންކަމަށް، ބްރެޒިލްގެ ރައީސްއަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އޭނާއަށް ދިމާވެފައިވަނީ ކޮންކަހަލަ ޞިއްޙީ މައްސަލަތަކެއްކަމެއް އަދި ސާފެއް ނުވެއެވެ. ސެރާ ވަނީ މިދިޔަ އަހަރު ބުރަކަށީގެ ސަރޖަރީއެއް ހައްދަވާފައެވެ.

ބްރެޒިލްގެ ރައީސް ޑިލްމާ ރޫސެފް މަޤާމުން ދުރުކޮށް، ނައިބު ރައީސް އެކުލަވާލެއްވި އައު ސަރުކާރުގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ސެރާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު މޭމަހުއެވެ. އަދި ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ވަޑައިގަތުމަށް އޭނާ ވަނީ ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލިސް ސެނެޓުގެ ގޮނޑި ދޫކޮށްލައްވާފައެވެ.