ޚަބަރު

ފޮރިން މިނިސްޓަރ އިންޑިއާގެ ސްޓޭޓްމިނިސްޓަރާ ބައްދަލުކުރައްވައިފި


އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއަރޒް އެމް.ޖޭ އަކްބަރު، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އިންޑިއާގެ ރައްޔިތުންގެ މެދުގައި އިޖްތިމާއީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ޒަމާންވީ އިޤްތިޞާދީ ގުޅުން އައު ހަރުފަތްތަކަކަށް ގެންދަވައި، އިތުރަށް ވަރުގަދަ ކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.