ޚަބަރު

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ


ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އެމް.ޖޭ އަކްބަރް ރާއްޖެވަޑައިގެންފިއެވެ.

އިންޑިއާގެ ސްޓޭޓް މިނިސްޓަރ މިއަދު ހެދުނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން ސެކެޓްރީ ޑރ. ޢަލީ ނަޞީރާ ބައިލެޓަރަލް ސެކެޓްރީ އަޙްމަދު ޚަލީލެވެ.  

ރައީސުލްޖުމްހޫރިއްޔާ، ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމާއި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް، މިދަތުރުފުޅުގައި އިންޑިއާގެ ސްޓޭޓް މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ސްޓޭޓް މިނިސްޓަރ އަރިހުގައި އެޤައުމުގެ ޖޮއިންޓް ސެކެޓްރީ ސަންޖޭ ޕަންޑާ އަދި ޑީ.އެސް އިން އޮފިސް އޮފް އެމް.އެސް، އޭ އަމަރްނާތް ބައިވެރިވެ ވަޑައިގަންނަވައެވެ.