ވިޔަފާރި

"އެސްޓީއޯ ޗޮކްލެޓު ފެސްޓު" ވަރަށް ކާމިޔާބު !


މިއަހަރުގެ "އެސްޓީއޯ ޗޮކްލެޓު ފެސްޓު" އެހެން އަހަރުތަކަށް ވުރެއް ކާމިޔާބު ކަމަށް އެފެސްޓުގެ ބައިވެރިން ހާމަކޮށްފިއެވެ. 

އެސްޓީއޯއާއެކު މިއަހަރުގެ ޗޮކްލެޓު ފެސްޓުގައި ވީބީ، ސިމްޑީ، ޔޫރޯ، ސީންކޯ، ހެޕީމާރޓް، އަދި ގޯލްޑަންލޭން އިން ބައިވެރިވިއެވެ.

ގުރުއަތުން ޙާއްސަ އިނާމްތައް ލިބޭ ޕްރޮމޯޝަންތަކާއި އެކު މިމަހުގެ ނުވައަކުން ވިއްސަށް އެސްޓީއޯ ސުޕާ މާޓުގައި ކުރިއަށްގެންދިޔަ ޗޮކްލެޓު ފެސްޓު ނިމުން ވަނީ ރޭ ފާހަގަކޮށްފައެވެ.

އެގޮތުން މިފެސްޓުގައި ކުރިއަށް ގެންދިޔަ އެކިއެކި ޕްރޮމޯޝަންތަކުގެ ނަސީބުވެރިން ރޭ ވަނީ ހޮވާފައެވެ.

މިއަހަރުގެ އެސްޓީއޯ ޗޮކްލެޓު ފެސްޓާމެދު ބައިވެރިވެރިން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި ޗޮކްލެޓު ފެސްޓުގެ ސަބަބުން އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބިފައިވާކަމަށް އެމީހުން ބުނި.

މިއީ، އެސްޓީއޯ ޗޮކްލެޓު ފެސްޓު މެދުނުކެނޑި ބާއްވަމުން އަންނަތާ ދިހަވަނަ އަހަރެވެ.

އެސްޓީއޯއިން ވަނީ މިއަހަރުގެ ކޮންމެ މަހަކުވެސް އެކި އުފެއްދުންތަކަށް އަމާޒުކޮށްގެން ފެސްޓިވަލްތައް ބޭއްވުމަށް ނިންމާފައި. އެގޮތުން އަންނަ މަހު ކޭކު އެންޑް ވެފަރސް ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.