ވިޔަފާރި

1774 ރުފިޔާއަށް ހުރި ގޭސްފުޅި މިހާރު 1000 ރުފިޔާ !


ލުއިފުޅީގެ އަގުން %45 ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސްއިން ފަށައިފިއެވެ.

އެގޮތުން މި ޕްރޮމޯޝަންގައި ކުރިން 1774 ރުފިޔާއަށް ވިއްކަމުން އައި ލުއިފުޅި 1000 ރުފިޔާއަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވް ގޭސްއުން 2014 ވަނަ އަހަރު ބާޒާރަށް ނެރުނު ލުއިފުޅިއަކީ، ބަރުދަނުގައި 5 ކިލޯ ހުންނަ، އެލްޕީޖީ ގޭސް ސިލިންޑަރެކެވެ. ގޭސް ފުޅީގައި އަލިފާން ރޯވިޔަސް ފުޅި ނުގޮވާނެ ކަމަށް މޯލްޑިވްސް ގޭސްއިން ހާމަކުރެއެވެ.

އަންނަ އޭޕްރީލްމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، މޯލްޑިވް ގޭސްގެ މާރކެޓިންގ މެނޭޖަރ އާމިނަތު މުޙައްމަދު ސަޢީދު ވިދާޅުވީ މި ޕްރޮމޯޝަންގައި މާލޭގެ 5 ސަރަޙައްދަކުން ލުއިފުޅި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ވިލިމާލެ އަދި ހުޅުމާލޭގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަނަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ޕްރޮމޯޝަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ލުއިފުޅި ވިކިފައިވާ ކަމަށް އާމިނަތު މުޙައްމަދު ވިދާޅުވިއެވެ.

ނޯވޭގެ އުފެއްދުމެއް ކަމަށްވާ ލުއިފުޅީގައި ގޭސް ހުރިވަރު ގޭސްފުޅީގެ ބޭރުން އެގެން ހުރުމުގެ އިތުރަށް މި ވައްތަރުގެ ގޭސްފުޅީގައި ދަބަރު ނުޖަހާނެކަމަށް މޯލްޑިވްސް ގޭސްއުން ބުނެއެވެ. ލުއިފުޅި ރަޖިސްޓްރީކުރުމުގެ އަގަކީ 1000 ރުފިޔާއެވެ. އަދި އެއަށްފަހު ކޮންމެ ރި-ފިލް އަކަށް ނަގާނީ މިހާރުވެސް އެ ސައިޒްގެ ގޭސް ފުޅިއަށް ނަގާ އަދަދު ކަމަށްވާ 200 ރުފިޔާކަމަށްވެސް މޯލްޑިވް ގޭސްއިން މައުލޫމާތުދެއެވެ.