ކުޅިވަރު

ކްލަބް މޯލްޑިވްސްގެ ގުރުއަތުލުން ބާއްވައިފި


މައިލޯ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތާއި އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގައި ބައިވެރިވި ޓީމްތައް ވާދަކުރަންޖެހޭ ޓީމްތައް ކަނޑައަޅައިފިއެވެ. 

މި 2 މުބާރާތުގެ ގުރުއަތުލުމަށް ރޭ ދަރުބާރުގޭގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރާއްޖޭގައި މިފަހަކަށް އައިސް ބާއްވަމުން އަންނަ އަންހެނުންގެ އެންމެ ވާދަވެރި ފުޓްސަލް މުބާރާތް ކަމަށްވާ އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގައި މިއަހަރު 15 ޓީމެއްވަނީ ބައިވެރިވެފައެވެ. އެ 15 ޓީމް 3 ގްރޫޕަކަށްވަނީ ބަހާލާފައެވެ. މި 3 ގްރޫޕްގައި މެޗްތައް ކުޅުމަށްފަހު ކުއާޓާ ފައިނަލަށް ދަތުރުކުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޓީމާއި ކޮންމެ ގްރޫޕަކުންވެސް 3 ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޓީމެވެ. 

މައިލޯ ކްލަބް މޯލްޑިވްސް ކަޕްގައި މިއަހަރު ބައިވެރިވެފައިވަނީ 32 ޓީމެވެ. މި 32 ޓީމް ވަނީ 8 ގްރޫޕަށް ބަހާލާފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ދިޔައީ ގްރޫޕް އޭއަށެވެ. އަދި ރަނަރއަޕް ކްލަބް އެމްއާރުޑީސީ ދިޔައީ ގްރޫޕް އީއަށެވެ. މި 8 ގްރޫޕްގެ ހުރިހާ މެޗެއް ކުޅެ ނިމޭއިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރާނެއެވެ. އަދި ގަދަ 16 ގައި ވާދަ ކުރަންޖެހޭ ޓީމެއް ކަނޑައަޅާނީ އަނެއްކާވެސް ގުރުއަތުލުމަކަށްފަހުއެވެ. 

ރޭގެ ޙަފްލާގައި މި ދެމުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކަށް ކްލަބް މޯލްޑިވްސްގެ ފަރާތުންވަނީ ހަނދާނީ ފިލާ ދީައެވެ. ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމްއެވެ.

ކްލަބް މޯލްޑިވްސްކަޕްގައި ވާދަކުރާ ޓީމްތައް:

ގްރޫޕް އޭ: ޔުނައިޓެޑް ބީއެމްއެލް، އެމްއޭސީއެލް، މޯލްޑިވްސް ގޭސް އަދި ހެލްތް ރްކެރިއޭޝަން ކްލަބް

ގްރޫޕް ބީ: މޯލްޑިވިއަން، ދިވެހި ސިފައިންގެ ކްލަބް، ތއުލީމީ ގުޅުން، ޕްރިޒަން ރެކްރިއޭޝަން ކްލަބް

ގްރޫޕް ސީ: ކްލަބް އިމިގްރޭޝަން، އެސްޓީއޯ ރެކްރިއޭޝަން ކްލަބް، ޓީ.ސީ.އެލް، އަދި އެލައިޑް

ގްރޫޕް ޑީ: އެމްޕީއެލް، ކްލަބް އެމްޓީސީސީ، ފެން ކްލަބް، ޓީމް އެފް.އެސް.އެމް

ގްރޫޕް އީ: އެމް.އާރު.ޑީ،ސީ، ސްޓެލްކޯ، އެމް.އެން.ޔޫ ސްޓާފް ކްލަބް އަދި ކްލަބް ވެމްކޯ

ގްރޫޕް އެފް: ޓީމް ފެނަކަ، ޕޮލިސް ކްލަބް، އެޗް.ޕީ.އެސް.އެން، މޯލްޑިވްސް މީޑިއާ ކްލަބް

ގްރޫޕް ޖީ: ހައުސިންގ، ސިވިލް ކޯޓް، ޓީމް މެޑް، ޓީމް އެމް.ޔައި.އެސް

ގްރޫޕް އެޗް: އެޗް.ޑީ.ސީ، ކަސްޓަމްސް، ހޯމް އެފެއަރޒް، އަދި ކްލަބް އާސަންދަ.

އެއިޓީން ތާރޓީ ވިމެންސް ފުޓްސެލް ފިއެސްޓާގައި ވާދަކުރާ ޓީމްތައް:

ގްރޫޕް އޭ: ޓީމް ފެނަކަ، ދިވެހި ސިފައިންގެ ކްލަބް، އައި.ޖީ.އެމް.އެޗް އަދި އެން.ސީ.އައި.ޓީ

ގްރޫޕް ބީ: އެމް.އޭ.ސީއެލް، ޕޮލިސް ކްލަބް، ފެހި ފަހި ކްލަބް، ޓީމް އޭ.ޑަބްލިޔު.އޭ އަދި އުރީދޫ

ގްރޫޕް ސީ: އިމިގްރޭޝަން، އެމް.ޕީ.އެލް، އެސް.ޓީ.އޯ، ސްޓެލްކޯ، ކްލަބް އާސަންދަ.