ކުޅިވަރު

ބީޗް ވޮލީ މުބާރާތުގެ 16 އަހަރުން ދަށް ގޮއިދޫ ސްކޫލަށް


އިންޓަރ ސްކޫލް އަދި ކޮލެޖް ޔުނިވަރސިޓީ ބީޗް ވޮލީބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލް ހޯދައިފިއެވެ.

 މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ގޮއިދޫ ސްކޫލް ހޯދީ ފައިނަލްގައި އިމާދުއްދީން ސްކޫލާ ވާދަކޮށް ކުރި ހޯދައިގެންނެވެ. މިއުމުރުގެ ތިންވަނަ ދެ ބައިންވެސް ހޯދީ ތާޖުއްދީން ސްކޫލެވެ. 

ނަވާރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ސީ.އެޗު.އެސް.އީއެވެ. ދެވަނަ ޓީމަކީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ތިންވަނަ ހޯދީ މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލެވެ. މިއުމުރުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ. ވިލާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މަޖީދިއްޔާ ސްކޫލް ބަލިކޮށްގެންނެވެ. މިބައިގެން ތިންވަނަ ޓީމަކީ ސީ.އެޗް.އެސް.އީއެވެ.

 ކޮލެޖް ޔުނިވަރސިޓީ ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީވެސް ވިލާ ކޮލެޖެވެ. ދެވަނަ ހޯދީ ނެޝަނަލް ޔުނިވަރސިޓީއެވެ. އަންހެން ޗެމްޕިއަންކަން ހޯދީ ނެޝަނަލް ޔުނިވަރސިޓީއެވެ. މިބައިގެ ދެވަނަ ހޯދީ ވިލާ ކޮލެޖެވެ.