ވިޔަފާރި

މަޓާޓޯއިން ޓަފީއާއެކު ގުޅިގެން މަސައްކަތްކުރަނީ


ފަތުރުވެރިކަން މާރކެޓުކޮށް ޕްރޮމޯޓްކުރުމަށް މަޓާޓޯއިން ޓްރެވަލް އެޖެންޓްސް ފެޑްރޭޝަން އޮފް އިންޑިއާ، ޓަފީއާއެކު ސޮއިކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ބުނީ ޓަފީއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ދެ ފަރާތް ގުޅިގެން މާރކެޓުކުރުމުގެ މަސައްކަތާއި، ނެޓުވޯކިންގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ދެ އެސޯސިއޭޝަންގެ ކުރިއެރުމަށްވެސް ގުޅިގެން މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ. 

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓުރޭޑް އެގްޒެބިޝަންގެ ރާއްޖޭގެ ޕެވެލިއަންގައި ބޭއްވި ޙާއްޞަ ޙަފްލާއެއްގައެވެ.

1400 މެމްބަރުންގެ މައްޗަށް އެކުލެވޭ، ޓްރެވަލް އެޖެންޓްސް ފެޑުރޭޝަން އޮފް އިންޑިއާއަކީ އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވަމުން އަންނަ ފާހަގަކޮށްލެވޭ ޖަމްޢިއްޔާއެކެވެ.