ވިޔަފާރި

ކެރިއާގެ އެންމެ މަޤްބޫލު މަންޒިލުތަކުގެ ތެރޭގައި ރާއްޖެ!


މަޝްހޫރު ޓުއަރ އޮޕަރޭޓަރ "ކެރިއަރ" ގެ ކަސްޓަމަރުންގެ މެދުގައި ދެވަނައަށް އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.

މަތީ ފަންތީގެ ރިސޯޓުތަކަށް ބުކިން ހައްދައިދޭ ކެރިއަރ އިން ބުނީ، މިދިޔަ ޖެނުއަރީމަހު އެކުންފުނި މެދުވެރިކޮށް ރާއްޖެއަށް ބުކިން ހަދާފައިވާ ފަރާތްތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ސައްބީސް އިންސައްތަ އިތުރުވެފައިވާކަމަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ، މަތީ ފަންތީގެ ޙިދުމަތްދޭ ރިސޯޓުތަކަކަށްވާއިރު، މުއްސަނދި ފަތުރުވެރިންގެ މެދުގައި ރާއްޖެވަނީ މަޤްބޫލުކަން ހޯދާފައެވެ. 

ކެރިއަރގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލަކަށް ހޮވިފައިވަނީ ބާބެޑޯސްއެވެ.