ކުޅިވަރު

މިރޭގެ މެޗަށް ބޭލް ރެއާލްގެ ސްކޮޑްގައި ހިމަނައިފި


މިދިޔަ އަހަރުގެ ނޮވެމްބަރަށްފަހު ފުރަތަމަ ފަހަރަށްދަނޑަށް ނިކުންނަން ރިއަލްމެޑްރުޑްގެ ގެރެތް ބޭލް ތައްޔާރުވެއްޖެއެވެ. 

އަނިޔާއަށްފަހު ތަމްރީންތަކުގައި ބައިވެރިވާން ފަށާފައިވާ ބޭލް ކުޅެން ފަށާނެކަމަށް ބެލެވެނީސްޕެނިޝް ލަލީގާގައި މިރޭ އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ކޯޗު ޒިދާން ބުނީބޭލް ސްކޮޑްގައި ހިމަނާފައިވާކަމަށާއި، މެޗުގައި ކުޅުމުގެ ފުރުޞަތު ބޭލްއަށް ދޭންވިސްނާކަމަށެވެ. ޕޮއިންޓެއްގެ ފަރަޤަކާއި، އިތުރު ދެ މެޗާއެކު ލީގު ތާވަލްގެއެއްވަނައިގައި އޮތް ރިއަލްގެ ޓީމާ ބޭލް ގުޅުމަކީ ޓީމްގެ ނުރައްކާ އެހެން ޓީމްތަކަށް އިތުރުވާނެކަމެއްކަން ކޯޗު ޒިދާންވެސް ފާހަގަކުރެއެވެ. ނޮވެމްބަރުމަހު ލިބުނު އަނިޔާއަށްފަހު ބޭލް ވޭލްސްގެ ފޯވާޑް ޤައުމީ ޓީމާއެކު ކުޅޭ ފުރަތަމަމެޗަކަށް ވެގެންދާނީ ވަރލްޑްކަޕް ކޮލިފައިންގައި މާރޗް 24 ވަނަ ދުވަހު ރިޕަބްލިކް އޮފް އަޔަލެންޑާ ވާދަކުރާ މެޗެވެ. 

ބޭލްއަށް ސްކޮޑުން ފުރުސަތު ދިންއިރު އަނިޔާގެ ސަބަބުން ކެޕްޓަން ރާމޯސް މިރޭގެ ސްކޮޑުގައި ނުހިމެނެއެވެ.