ދީން

އިސްލާމިކް މިނިސްޓްރީން ބާއްވަވާ "އިސްލާމިކް ފޯރަމް 2017" މާދަމާ


އާންމުންނަށް ހުޅުއްވާލައްވައިގެން އިސްލާމިކް މިނިސްޓްރީން ބާއްވަވާ އިސްލާމިކް ފޯރަމް 2017 މާދަމާ ފަށްޓަވާނެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދަވާ މި ފޯރަމުގައި މާދަމާ ރޭ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ ރަޙިމުގެ ގުޅުން މި މައުޞޫއަށެވެ. މި ފޯރަމުގައި ދަރުސް ދެއްވަނީ ރާއްޖޭގެ މަޝްހޫރު ދެ ޢިލްމުވެރިން ކަމަށްވާ އައްޝައިހް އަޙްމަދު ސަމީރު ބިން އިބްރާހީމާއި އައްޝައިޚް އަޙްމަދު ފަހުމީ ދީދީއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މާދަމާ ރޭ 8:30 ގައި ފަށްޓަވާ މި ފޯރަމުގައި ދީނީ ދަރުހުގެ އިތުރުން ޢާންމުން ކުރާ ދީނީ ސުވާލުތަކަށް ޖަވާބުދެއްވުންވެސް އޮންނާނެއެވެ. ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދަވާ މި ފޯރަމް ކޮންމެ ދެމަހުން އެއްމަހު ކުރިއަށް ގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ފޯރަމްތަކުގައި ފުންނާބު އުސް ދީނީ ޢިލްމުވެރިން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.