ކުޅިވަރު

އީގަލްސްއަށް ނެދަރލެންޑްސްގެ ފޯވާޑެއް


ކްލަބް އީގަލްސްއިން ބިދޭސީ ފޯވާޑެއް ގެނެސް ޓީމްގެ ކުރި ވަރުގަދަކޮށްފިއެވެ.

ރޭ މާލެއައިސް މިއަދު ހެނދުނު އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ ނެދަރލެންޑްގެ ފޯވާރޑެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑޮނަވަން ޑީކްމަން ވަނީ މީގެ ކުރިން ނެދަރލެންޑްސްއާއި، ބެލްޖިއަމްގެ ވަރުގަދަ ކްލަބްތަކަށް ކުޅެފައެވެ. 

2007 ވަނަ އަހަރު އޭނާ ވަނީ ނެދަރލެންޑްސްގެ ފުރަތަމަ ޑިވޝަންގެ ހެރަންވީއަށް ކުޅެފައެވެ. އޭގެ ފަހުން ބެލްޖިއަމްގެ ލޮކެރެން ކްލަބަށް ކުޅުމަށްފަހު، ދެން ފެނިގެންދިޔައީ ނެދަރލެންޑްގެ ސްޕާޓާ ރޮޓެޑަމްއިންނެވެ. އަދި އޭގެ ފަހުން ރޫމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެސްސި ކޮންކޯޑިއާއަށްވެސް ކުޅެފައިވެއެވެ. ޑޮނަވަންއާއެކު ކްލަބް އީގަލްސްގައި މިވަގުތު ތިބީ ބިދޭސީ ތިން ކުޅުންތެރިންނެވެ. އެއީ ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާއާއި، މިސްރުގެ ޑިފެންޑަރ އެލްހުސްނީ މަޤްދީއެވެ. އީގަލްސްއިން އަންނަނީ އަންނަ ހަފްތާގައި އިތުރު ބިދޭސީ ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ދިވެހި ކުޅުންތެރިންގެ ތެރެއިން އީގަލްސްއާއި ގުޅުނު މުޙިއްމު ކުޅުންތެރިއަކީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.