ސިޔާސީ

އެމް.ޑީ.ޕީގެ ކޮންގްރެސް މިއަހަރު ތެރޭ ބާއްވަނީ


އެމް.ޑީ.ޕީގެ ކޮންގްރެސް މިއަހަރުގެ ތެރޭގައި ބާއްވާނެކަމަށް އެޕާރޓީގެ ޗެއަރޕަރސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ ޗެއަރޕާރސަންކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކުރައްވައި އަލްއުސްތާޛް ޙަސަން ލަޠީފް ވިދާޅުވީ އެމްޑީޕީގެ ކުރިމަގާއި، ސިޔާސީ މަސައްކަތަކާގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ އެޕާޓީގެ ކޮންގްރެސް މިއަހަރުގެ ތެރޭގައި ބާއްވާނެކަމަށެވެ. އަދި ޕާޓީގެ ކޮންގްރެސްގައި މަޝްވަރާކުރާނެ ކަންކަމާއި، ނިންމާނެ ކަންކަން ޤައުމީ މަޖިލީހުގެ މަޝްރާއާއެކު ކަނޑައަޅާނެކަމަށެވެ.

އެމް.ޑީ.ޕީގެ އާ ޗެއަރޕާރސަން ޙަސަން ލަޠީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމް.ޑީ.ޕީން ކާމިޔާބުކުރުމަށް ކެންޕެއިންގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އެމް.ޑީ.ޕީގެ ޗެއަރޕާރސަންކަމަށް ޙަސަން ލަޠީފު އިންތިޚާބުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެޕާޓީގެ ޗެއަރޕާރސަން އިންތިޚާބުކުރުމަށްޓަކައި ބޭއްވި އިންތިޚާބުގައެވެ. އެމް.ޑީ.ޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އެޕާޓީގެ ޤައުމީ ޗެއަރޕާރސަންއަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތެވެ.